މި އޮޕަރޭޝަނުގެ މަގުސަދަކީ އަހަރު ނިމޭ ބަންދާއި އައު އަހަރުގެ ފެށުމާ ދިމާކޮށް، އިތުރުވާ ކުށްތައް ހުއްޓުވުމެވެ.
މީގެއިތުރުން، މާލޭގައި 1954 އުޅަނދު ޗެކްކޮށް، 397 ފަރާތެއް ވަނީ ޖޫރިމަނާކޮފައެވެ. ހުޅުމާލޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2247 މީހުންނާ ސުވާލުކޮށް، ތިން މީހަކު ހައްޔަރުކުރެވިފައިވެއެވެ. ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި 46 ބިދޭސީން ހިމެނެއެވެ. ހުޅުމާލޭގައި 1879 އުޅަނދު ބަލައި ފާސްކޮށްފައިވާއިރު، 28 ފަރާތެއް ޖޫރިމަނާކޮށްފައިވެއެވެ. މި އޮޕަރޭޝަން ކުރިއަށްދާނީ ރައްޔިތުންނަށް އަމާން، ހަމަޖެހޭ މާހައުލެއް ގާއިމުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން "ރިވެލި" ގައި މާލެ އާއި ހުޅުމާލޭގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތަފާސް ހިސާބު | 24-28 ޑިސެންބަރު 2025 pic.twitter.com/1MqItZdIrT
— Maldives Police (@PoliceMv) December 29, 2025






