Monday, November 2
ދެބެންގެ ދެމެދު މާރާމާރީއެއް، އެކަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މި ހަމަނުޖެހުން ހިނގީ މާލޭގައެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ރިޕޯޓު އިއްޔެ އިރުއޮއްސި 6:42 އެހާކަންހާއިރު ފުލުހުންނަަށް ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ މައްސަލައިގައި 28 އަހަރުގެ ފިރިހެނަކުވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު