ތަރިކައަކީ ޤައުމެއް ދެމިއޮތުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާ ބެހޭ ހަރަކާތްތައް ޝަރަފުވެރުކޮށްދެއްވުމަށް ބ.ތުޅާދޫއަށް ވަޑައިގެން، މިރޭ ބ.ތުޅާދޫއިން ރ.މީދޫގެ ރައްޔިތުންނަށް ދެއްވި ޚާއްޞަ މަލާފަތުގައި ވާހަކަފުޅުދައްކަވަމުން.
ވަޒީރުގެ ވާހަކަފުޅުގައި ތަރިކައިގެ ދެ ބާވަތެއްކަމުގައިވާ އުމްރާނީ ތަރިކައާއި މާނަވީ ތަރިއަށް ވަނީ އަލިއަޅުއްވާލައްވާފައި.
މިގޮތުން ވަޒީރު ވިދާޅުވީ ޤައުމެއްގެ ބަޔަކު އެއްބައެއްގެ ގޮތުގައި ހަދާދޭ އެއްޗަކީ އެ ބައެއްގެ ތަރިކަ ކަމުގައި، މި ގޮތުން އެބައެއްގެ ނިޝާންތަކާއި އަސަރުތަކާއި އެ ބައެއްގެ ކާބަފައިންގެ ޤާބިލުކަމާއި ކުޅަދާނަކަމުގެ ރަމުޒުތަކާއި އެއިން ލިއްބަދޭ މާނަތަކުގެ އިތުރުން ކާބަފައިން އުފުއްލެވި ތަކުލީފުތަކާއި ވެދެއްވި ޤުރުބާނީތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ގެނެސްދިނުން ކަމުގަ.
މާނަވީ ތަރިކައާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވެފައިވަނީ އެއްބަޔަކު އަނެއްބަޔަކާ ބަދަލުކުރައްވާ ވާހަކަފުޅުތަކާއި ހިއްސާކުރައްވާ ވާސްތާތަކުގެ އިތުރުން ތަޖުރިބާ ކުރައްވާ ތަޖުރިބާތަކަކީ މާނަވީ ތަރިކަ ކަމުގަ. އެގޮތުން އެ ބައެއްގެ ހަނދާންތަކާއި ދިރުންތަކުން ގެނެސްދެނީ އެ ބައެއްގެ ޤައުމިއްޔަތު، އެ ބައެއްގެ އަޚުލާޤު އަދި އެ ބަޔަކީ ކޮންކަހަލަ އިޚްލާސްތެރި ހިތްތަކެއްގެ ބައެއްކަންކަމުގައި ވަޒީރު ވިދާޅުވި.
އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ތަރިކައިގެ ޤައުމީ މަޝްރޫޢުގެ މާނައަކީ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވި ކަންކަންކަމާއި އެމަނިކުފާނުގެ ޤައުމީ މަޝްރޫޢޫގެ މަޤުޞަދަކީ އެ ޒަމާނަށް މީހުން ގެންދިއުމުގެ އިތުރުން އެންމެންގެ ހިތްތައް އޯގާތެރިކަމާއި އިހުސާންތެރިކަމުން ފުރުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައި. އަދި ދިވެހީންގެ ރޫޙާއި މުރާލިކަން ގެނައުންކަމުގައި ވަނީ ވިދާޅުވެފައި.




