Wednesday, October 21
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ތަކެއް ގެއްލުނު މައްސަލައެއް ބަލަން ފަށައިފި

ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި ސިނގިރޭޓު ކާޓަންތަކެއް ގެއްލުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ގާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެތެރެއިން 6 ކާޓަން ސިނގިރޭޓު ގެއްލިފައިވާ ކަމަށެވެ.

އެ ކާޓަންތައް ގެއްލިފައިވާ ކަން ފުލުހުންނަށް އެނގުނީ، މިދިޔަ ހަފުތާގެ ބުދަ ދުވަހު ކަމަށްވާއިރު، އެ ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މިދިޔަ މެއި 23ގައި، އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެނައި ތަކެތި ކަމަށް ފުލުހުން ބުނެއެވެ.

އޭގެއިތުރަށް، އެ މައްސަލަ ތަހުގީގު ކުރަނިކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު 23ގައި ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި، 25 ކާޓަން ސިނގިރޭޓު މަދުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ކާޓަންތައް ވެސް ހުރީ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ.

މި މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަ ބަލަމުން ދަނީ ފުލުހުންގެ ސްޓޭޑާޑްސް ކޮމާންޑުން ކަމަށްވާއިރު، މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއް ގޮތުގައި ބަލަމުން އަންނަކަން އެ މުއައްސަސާއިން ވަނީ ފާހަގަކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ސިނގިރޭޓު ވަގަށް އެތެރެކުރުމާއި، ވަގަށް ނެގުމުގެ ބޮޑެތި މައްސަލަތަކެއް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފެންމަތިވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު