Saturday, October 31
އެންއައިސީން ތަހުގީގް ކުރާ ފުލުހުންގެ މައްސަލަތަކުގެ މައުލޫމާތު ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އެންއައިސީން ތަހުގީގް ކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދުމާއި ގުޅޭ މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާގައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ މި ބައްދަލުވުމުގައި، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ދެ އިދާރާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ފުލުހުންނާ ގުޅޭގޮތުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.

މީގެ އިތުރުން، ދެ އިދާރާގައި މައްސަލަތައް ތަހުގީގުކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށާއި ތަމްރީނުދިނުމުގެ އިތުރުން ތަހުގީގުކުރުމުގައި ދެ އިދާރާއިން ވެސް ގެންގުޅޭ އުސޫލުތަކަށް އެ މުވައްޒަފުން އަހުލުވެރިކުރުވުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި، ޑިޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަޠީހް އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޝުއައިބް އަބްދުއް ރަޙްމާންއާއި އެ ކޮމިޝަންގެ އެހެނިހެން މެންބަރުން ބައިވެރިވެލެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު