Saturday, October 31
ޚާރިޖީ ވަޒީރު ހަންގޭރީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު، ޑރ. އަބްދު الله ޚަލީލް، ހަންގޭރީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ޕީޓަރ ސިޔާޓޯ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ހަންގޭރީގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ވަޒީރު ޕީޓަރ ސިޔާޓޯއަށާއި، ހަންގޭރީގެ ސަރުކާރާއި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވާފައިވެއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއާއި ހަންގޭރީ އާ ދެމެދުގައިވަނީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ރަޙްމަތްތެރިކަމެއް ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަށް އޮތްކަމަށެވެ.

"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު