Wednesday, October 21
މިދިޔަ މަހު ގެއްލުނު 109 ސައިކަލް ފުލުހުން ހޯދައިދީފި
މިދިޔަ މަހު މާލޭ ސަރަހައްދުން ގެއްލުނ 109 ސައިކަލް ހޯދައިދެވުނު ކަމަށް ފުލުހުން ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ގެ ނިޔަލަށް ނިޔަލަށް 109 ސައިކަލާއި، 13 މޯބައިލް ފޯނާއި، ފަސް ލައްކައަށް ވުރެ ގިނަ ފައިސާ  އާއި 8 އިލެކްޓްރޯނިކް ސާމާނު ހޯދައިދީފައިވެއެވެ. އެހެނިހެން ތަކެއްޗާއި ގުޅޭ 39 މައްސަލައެއްގައި 43 ހާހަށް ވުރެ ގިނަ ރުފިޔާ ހޯދައިދީފައިވެއެވެ.   މީގެ އިތުރުން ފުލުހުން އެޓެންޓިވްވި 109 މައްސަލަ ހިމެއެވެ. އޭގެ ތެރޭގައި ހިމެނެނީ 10 އެކްސިޑެންޓް، 71 ވައްކަމުގެ މައްސަލަ. އަދި ފޭރުމާއި މާރާމާރީގެ 28 މައްސަލަ ހިމެނެއެވެ. ފުލުހުން ހުއްޓުވައި ސުވާލުކުރެވުނު މީހުންގެ ޖުމުލަ 5264 މީހަކު ހިމެނެއެވެ. އޭގެ ތެރެއިން 4776 މީހުންނަކީ ކުށުގެ ރެކޮޑް އޮތް މީހުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު