Saturday, October 31
އޫރިދޫ ފިންޓެކާއި ޕޭޕާލް ގުޅިގެން ރާއްޖޭގައި ޕޭޕާލްގެ ޚިދުމަތް ފަށަނީ
އޫރިދޫ ފިންޓެކާއި ޕޭޕާލް ގުޅިގެން ރާއްޖޭގައި ޕޭޕާލްގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ. އުރީދޫން މިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އުރީދޫ ފިންޓެކް އަދި ޕޭޕާލް ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރުމަށް ނިންމައި، މި ޕާޓްނަރޝިޕްގެ ތަފްޞީލްތައް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އުރީދޫން ބުނީ މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށާއި ވިޔަފާރިތަކަށް ފައިދާ ކުރާނެ ކަމަށެވެ. އަދި 2026 ވަނަ އަހަރު ފެށޭނެ ކަމަށް ލަފާކުރެވޭ މި ޚިދުމަތުން، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ޕޭޕާލް ވިޔަފާރިތަކުން ގަތުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، އެމީހުންގެ ޕޭޕާލް އަދި އެމް-ފައިސާ އެކައުންޓުތަކުގެ ދެމެދު ފައިސާ ބަދަލުކުރެވޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ. މީގެ އިތުރުން ދިވެހި ވިޔަފާރިތަކަށްވެސް ރާއްޖެއިން ބޭރުގެ އައު ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، އެފަރާތްތަކަށް މުދާ ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ ދިވެހިރާއްޖެ ފުރިހަމައަށް ޑިޖިޓަލް އިގްތިސާދަކަށް ބަދަލުވުމުގެ ދަތުރުގައި ފާހަގަކޮށްލެވޭ މުހިންމު ކަމެއް ކަމަށް އުރީދޫން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު