Saturday, October 31
12 ރަށެއްގެ ފުޓްބޯޅަދަނޑު ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

ތިނަދޫ ސިޓީ ހިމެނޭހެން 12 ރަށެސްގެ ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަންގެ އެދިލެއްވުމުގެ މަތިން، 12 ރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތް ކޮށްދިނުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އެކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.

ފްޓްބޯޅަދަނޑު ތަރަށްގީކުރުމަށް އިއުލާންކޮށްފައިވާ ރަށްތަކަކީ:

ގއ.މާމެންދޫ، ގއ.ނިލަންދޫ.

ގދ. މަޑަވެލި

ލ.މާބައިދޫ، ލ. ހިތަދޫ.

ރ.ފައިނު، ރ. ރަސްމާދޫ، ރ. އުނގޫފާރު.

ހއ.ކެލާ

ށ.ބިލެއްފަހި، ށ. ނަރުދޫ.

ތިނަދޫ ސިޓީ ފުޓްބޯޅަދަނޑު.

މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023) އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ 9 އޮކްޓޫބަރު 2025ވާ ބުރާސްފަތި ދުވަހުގެ 10:00:00ގައި އޮންލައިންކޮށެވެ. ޕްރީބިޑް ބައްދަލުވުމުގެ އިތުރު މައުލޫމާތު ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެވެ.

މި ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 9 އޮކްޓޫބަރު 2025ވާ ބުރާސްފަތި ދުވަހުގެ 13:00:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

މިޕްރޮޖެކްޓުތަކުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 19 އޮކްޓޫބަރު 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00:00ގެ ކުރިންނެވެ. އަދި މިޕްރޮޖެކްޓުތަކުގެ ބިޑު ހުޅުވުން އޮންނާނީ 20 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00:00 ގައެވެ.

ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރައްވަންވާނެއެވެ. ބީލަންޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގައި ޢަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑެއް ބީލަން ޕޯޓަލް އިން(https://beelan.finance.gov.mv/) ލިބެން ހުންނާނެއެވެ. އަދި އެ ގައިޑްގައިވާ މަޢުލޫމާތާ އެއްގޮތަށް ބިޑު ހުށަހެޅުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމަކީ ބިޑު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު