Wednesday, October 21
މޯލްޑިވްސް ވިމެން އިން ޕޮލީސް ސަމިޓް 2025 ފަށައިފި

ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށް، އަންހެން ފުލުހުންގެ ލީޑަޝިޕް އިތުުރުރުކުމަށް ބާއްވާ " މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025"ފަށައިފިިއެވެ. މިއީ އަންހެން ފުލުހުންގެ ކުރިއެރުވުމަށް ބާއްވާ މިފަދަ ފުރަތަމަ ސަމިޓެވެ. 3 ދުވަހުގެ މުއްދަަށް ކުރިއަށްގެންދާ " މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް ކުރިއަށްދަނީ ކްރޮސްރޯޑްސްގައެވެ. "ވިމެން އިން ޕޮލިސިން ސަމިޓް 2025" ސަމިޓް ފަށްޓަވައިދެއްވީ ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. އަދި މި ރަސްމިއްޔާތުގައި ދާޚިލި ސަލާމަތަ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި 5 ޤައުމަކުން ބައިވެރިވެއެވެ. މި ރަސްމިއްޔާތުގައި ވަނީ ސަލާމަތަ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖޭގައި މަސައްކަތްކުރާ މައި 5 އިދާރާގެ މެދުގައި، ލީޑަރޝިޕް ވަރުގަދަކުރުމަށް ޑިކްލަރޭޝަންއެއްގައި ސޮއިކޮށްފައެވެ. އަދި އަންހެން ފުލުހުންގެ ޚިދުމަތުގެ ތާރީޚުގެ މައްޗަށް ބިނާކޮށް ލިޔެފަވާ، "މޯލްޑިވްސް ވިމަން އިން ޕޮލިސިން" ފޮތް ނެރެދެއްވާފައެވެ. މި ފޮތް ނެރެދެއްވީ ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މީގެއިތުރުން އަންހެން ފުލުހުންގެ އަގުހުރި ޚިދުމަތް ރަމްޒުކޮށްދޭ "ޗެލަންޖް ކޮއިން" ވަނީ އިފްތުތާހުކޮށްދެއްވާފައެވެ. ޗެލެންޖް ކޮއިން އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

"ވިމެން އިން ޕޮލިސިން ސަމިޓް 2025"އަކީ ރާއްޖޭގައި އަންހެން ފުލުހުންނަށް ޚާއްސަކޮށް ބާއްވާ މިފަދަ ފުރަތަމަ ސަމިޓެވެ. މި ސަމިޓްގައި ސެކިއުރިޓީ އަދި ޤާނޫނީ ތަންފީޒީ ދާއިރާއިން 50އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ. އޭގެތެރޭގައި ސެކިއުރީ އެންޑް ލޯ އެންފޯސްމަންޓްގައި ރާއްޖޭގައި މަސައްކަތްކުރާ 7 އިދާާރާއަކާއި ބައިނަލްއަޤްވާމީ އެކި އިދާރާތަކާ ޤައުމުތައް ހިމެނޭހެން 10 ޕާޓްނަރުން ބައިވެރިވެއެވެެ.

މި ސަމިޓްގައި ޔޫއެންއޯޑީސީ، އިންޓަރޕޯލް، ޔުނިސެފް، ޔޫއެންޑީޕީފަދަ އިދާރަތަކުން ބައިވެރިވެއެވެ. އަދި އިންޑިއާ، ޖަޕާން، ޗައިނާ، ޔުކޭ އަދި އޮސްޓްރޭލިއާގެ މި ދާއިރަގެ ތަޖުރިބަކާރުން ބައިވެރިވެ، ތަޖުރިބާ ޙިއްސާކުރާނެއެވެ. މީގެ އިތުރުން ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއާއި ފުލުހުންނާއި، އެމްއެންޑީއެފް، ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރެކްޝަނަލް ސަރވިސްފަދަ އިދާރާތަކުގެ އަންހެން އޮފިސަރުންވެސް ބައިވެރިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު