މ. ވޭވަށުފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
ވޭވަށުގައިއަޅާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ފ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އަދި މި މަޝްރޫއުގެ ކޮންޓްރެކްޓަރ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، މޭޖަރ (ރޓ) މުހައްމަދު ނަޖާހުއެވެ. މީގެ އިތުރުން ރަށު ކައުންސިލުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން ބިންގަނޑު ކޮނުމާއި، މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި، ފުރާޅާއި، ދަވާދުލުމުގެ މަސައްކަތާއި ބޭރު ފަރުމާކުރުމުގެ މަސައްކަތް ފެނަކައިން ކުރިޔަށް ގެންދާނެއެވެ.





