މިދިޔަ މަހު ވޭޕް އަދި އީ ސިގިރޭޓާއި ގުޅުންހުރި މައްސަލަތަކުގައި 30 މީހަކު ޖޫރިމަނާކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ މިނިމުނު އޮގަސްޓް މަހު ވޭޕާއި އީސިގިރޭޓާއި ގުޅުންހުރި މައްސަލަތަކުގައި ފިޔަވަޅު އަޅާފައިވާ ގޮތުގެ ތަފާސް ހިސާބު އާއްމުކޮށްފައެވެ.
އެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ވޭޕާއި، އީސިނގިރޭޓާ ގުޅުންހުރި އެކި މައްސަލަތަކުގައި މި ނިމުނު އޯގަސްޓު މަހު ޖުމްލަ 150،000 ރުފިޔާގެ ޖޫރިމަނާ ކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ޖުމްލަ 11 މައްސަލައެއް ވަނީ ފާހަގަވެފައެވެ. އެއީ:ވޭޕާއި އީސިނގިރޭޓު ބޭނުންކުރުމުގެ 4 މައްސަލަ, ވޭޕާއި އީސިނގިރޭޓު ގެންގުޅުމުގެ 4 މައްސަލަ އަދި އެހިނިހެން 3 މައްސަލަ ހިމެނެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި ވޭޕާއި އީސިނގިރޭޓާ ގުޅުންހުރި މައްސަލަތަކުގައި ޖުމްލަ 30 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. ޖޫރިމަނާގެ ޖުމްލަ އަދަދު 150،000 ރުފިޔާއަށް އަރައެވެ. އޭގެ ތެރެއިން 85،000 ރުފިޔާއަކީ ވޭޕްކޮށްގެން ކުރި ޖޫރިމަނާއެވެ. ބާކީ 65،000 އަކީ ވޭޕާއި އީސިނގިރޭޓު ގެންގުޅުމުން ކުރި ޖޫރިމަނާއެވެ. ޖޫރިމަނާކުރި މީހުންގެ ތެރޭގައި ހިމެނެނީވޭޕާއި އީސިނގިރޭޓު ގެންގުޅެގެން16 މީހުން އަދި ވޭޕާއި އީސިނގިރޭޓު ބޭނުންކޮށްގެން 14 މީހުން ޖުރިމަނާކުރިއެވެ.
ފުލުހުން ވަނީ ގާނޫނުތަކަށް އަހުލުވެރިވެ، އަމިއްލަ ސިއްހަތު ރައްކާތެރިކުރުމަށް ސަމާލުވުމަށް އެދިފައެވެ.
މި ލިޔުން ކިޔާލުމުން