Tuesday, November 3
އުޒްބެކިސްތާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

އުޒްބެކިސްތާން ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ސައިދޮވް ބަޚްތިޔޯރް އޮޑިލޮވިޗް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރގެ މެސެޖުގައި އުޒްބެކިސްތާން ގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި އުޒްބެކިސްތާން ސަރުކާރަށާއި އަދި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ.އަދި ދިވެހިރާއްޖެ އާއި އުޒްބެކިސްތާނާއި ދެމެދު އޮންނަ ގާތް އެކުވެރި ގުޅުން، އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އުއްމީދުކުރާކަމަށްވެސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު