Wednesday, October 14
އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ އެސް. ޖައިޝަންކަރް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎މިނިސްޓަރ ގެ މެސެޖްގައި އިންޑިއާ ގެ 78 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އިންޑިޔާގެ ސަރުކާރަށާއި، ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު އަރިސްކުރައްވާފައިވެއެވެ.

ރާއްޖެއާއި އިންޑިޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާއި، ދާދިފަހުން ދެޤައުމުގެ ދެމެދުގައި ހިނގާފައިވާ އިސް ފެންވަރުގެ ބައްދަލުވުންތަކުން ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިވެފައިވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެ، ކުރިއަރަމުންދާނެކަމުގައި ޔަޤީންކުރާ ކަމަށް މިނިސްޓަރ ގެ މެސެޖްގައި ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު