Wednesday, October 14
ޑިމޮކްރަސީ ހަރުދަނާކުރުމަށް އީޔޫ އާއި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި

ވިލާތުގެ އިއްތިހާދުން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ދިވެހިރާއްޖެ އަށް ކަނޑައަޅާފަ ހުންނަވާ ސަފީރު މަރިއާ ކާމެން މޮރޭނޯ ރޭމުންޑޯ، މިހާރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ޚާރިޖީ ވުޒާރާގައެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް އާއި ސަފީރު މޯރޭނޯ ވަނީ ދިވެހިރާއްޖެ އާއި ވިލާތުގެ އިއްތިހާދާ ދެމެދު އޮންނަ ގުޅުން ބަދަހިވަމުން އަންނަ ގޮތާމެދު މަޝްވަރާކުރައްވާފައެވެ. އަދި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ވިލާތުގެ އިއްތިހާދާ ގުޅިގެން މަސައްކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލާފައިވެއެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާއި، ހެޔޮވެރިކަމާއި، ޑިމޮކްރަސީއާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި މި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ވާހަކަފުޅުގައި، ކުރިއަށް އޮތް މުސްތަގްބަލްގައި ވިލާތުގެ އިއްތިހާދާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގަޔާއި ވަކިން ޚާއްޞަކޮށް ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށްކުރެވޭ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަފީރު މޮރޭނޯ ވަނީ މިކަމުގައި އެކަމަނާގެ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު