Saturday, October 31
އުނގޫފާރު ފުލުހުންގެ ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކުރި މައްސަލަ އެންއައިސީން ބަލަނީ

އުނގޫފާރު ފުލުހުންގެ ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކުރި މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފިއެވެ.

އެންއައިސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރ. އުނގޫފާރު ޕޮލސިް ކަސްޓޯޑިއަލްގެ ބަންދުގައި ހުރި ފަރާތެއް އޮގަސްޓު 11 ވަނަ ދުވަހުގެ 11:30 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތްކުރި ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި މިކަމާ ގުޅިގެން އެކަން ހިނގައިދިޔަ ގޮތް ދެނެގަތުމަށް ކޮމިޝަނުގެ ކުއްލި ހާލަތުގައި އިޖާބަދޭ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެންއައިސީން ބުނެފައިވެއެވެ.

މިކަމާ ގުޅޭ އިތުރު ތަފްޞީލެއް އެންއައިސީން ހާމައެއް ނުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު