Wednesday, October 14
ގާނާގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޚަލީލު ތަޢުޒިޔާ ފޮނުއްވައިފި

ގާނާގެ މިލިޓަރީ އެއަރކްރާފްޓެއް ވެއްޓުުމުގެ ހިދާމަވެރި ހާދިސާގައި އެޤައުމުގެ ޑިފެންސް މިނިސްޓަރ އަދި އެންވަޔަރަންމަންޓް މިނިސްޓަރ އަދި އެޤައުމުގެ އިތުރު އޮފިޝަލުން އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ ފޮރިން މިނިސްޓަރު ސެމިއުލް އޮކުޒެޓޫ އަބްލަކްވާއަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖުގައި ގާނާގެ ޑިފެންސް މިނިސްޓަރ އެޑްވަރޑް އޮމަނެ ބޮއަރމަރ އަދި އެންވަޔަރަންމަންޓް މިނިސްޓަރ އިބްރާހީމް މުރްތަޟާ މުޙައްމަދު އަދި އިތުރު އޮފިޝަލުން ދަތުރުކުރައްވަމުން ގެންދެވި މަތިންދާބޯޓު ވެއްޓި އަވަހާރަވި  ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، ގާނާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ދެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު