Friday, November 6
ލާމަރުކަޒީ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހްތައް ގެންދިއުމަށް އެމްޑީޕީން އެދެފި

ލާމަރުކަޒީ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙްތައް އަނބުރާ ގެންދިއުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީން އެދެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް އެޑްރެސްކުރައްވާ މިއަދު އެޕާޓީން ފޮނުވި ސިޓީގައި ބުނީ 2019 ވަނަ އަހަރު ލާމަރުކަޒީ ގާނޫނަށް ހުށަހެޅިފައިވާ އިސްލާޙްތަކަކީ ވަރަށް ގިނަ ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު ގެނެވުނު ބަދަލުތަކެއް ކަަށެވެ. އަދި އެބަދަލުތައް ތަންފީޒުކުރުމަށް ކައުންސިލްތަކަށް ލިބުނު ފުރުޞަތުގައި ރަނގަޅު ބަދަލުތަކެއް ފެންނަމުންދާ ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

އެހެން ކަމުން ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް ގެންނަނަމަ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން އިސްލާޙް ގެނައުމަށް އެ ޕާޓީން ތާޢީދުކުރައްވާ ކަމަށް އެ ސިޓީގައިވެއެވެ.

މީގެ އިތުރުން މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިސްލާޙްތަކާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޕާޓީން ބުނީ އިސްލާހުގެ ބޭނުމަކީ ކައުންސިލްތައް ހިފަހައްޓައިގެން ނޫންގޮތަކަށް ކައުންސިލް އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަޤީންކަން ސަރުކާރަށް ނެތުމުން ކުރާކަމެއް ކަމަށެވެ. އަދި މަޑުމަޑުން ގެންނަ އިސްލާޙްތަކުގެ ސަބަބުން ކައުންސިލްތަކުގެ ބޭނުން ކެނޑިގެންދާނެ ކަމަށާއި ސަރުކާރުގެ ބޭނުމަކީ ކައުންސިލްތައް ސިޓީސް މިނިސްޓްރީގެ ދަށަށް ގެންދިއުން ކަމަށް އެޕާޓީން މިއަދު ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު