Tuesday, October 13
ފުރަތަމަ ރޭންޖަރސް ތަމްރީނު ކޯހުގެ ދަސްވެނިންނަށް ސެޓްފިކެޓް ދީފި

ރާއްޖޭގެ ދިރޭތަކެތި ހިމާޔަތްކުރުމުގެ ދާއިރާއަށް މުހިންމު ކުރިއެރުމެއް ލިބިގެންދިޔަ ފުރަތަމަ ރޭންޖަރސް ތަމްރީނު ކޯހުގެ ބައިވެރިން ދަސްވެރނިވެއްޖެއެވެ. މި ކޯހަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ހިންގި، އަދި އެންދެރި ޕްރޮޖެކްޓުން ފަންޑުކުރި ތާރީޚީ މަސައްކަތެކެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން މައުލޫމާތުދިން ގޮތުގައި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމް.އެން.ޔޫ ލ. ގަން ކެމްޕަސްގައެވެ.

މި ކޯސް ފުރިހަމަކުރި ޖުމްލަ 17 ދަސްވެނިންނަށް ސެޓްފިކެޓް ދެވުނުއިރު، މީގެ ތެރޭގައި ލ. އަތޮޅުން ސްކޮލަރޝިޕް ލިބިގެން ކޯސް ފުރިހަމަކުރި 10 ދަރިވަރުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރައްކާތެރިކުރެވިފައިވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ 7 ރޭންޖަރުން ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި އެމް.އެން.ޔޫގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ޑީން ޑރ. އަހުމަދު ރިޔާޒު ޖައުހަރީ އާއި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު ހައްސާން މުހައްމަދު ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި ރާއްޖޭގެ ދިރޭތަކެތި ހިމާޔަތްކުރުމަށް ހުނަރުވެރި ރޭންޖަރުންގެ މުހިންމުކަން ފާހަގަކުރައްވައި، މުސްތަޤުބަލުގައި މިފަދަ ފުރުސަތުތައް އިތުރަށް ފުޅާކުރުމުގެ ރޭވުންތަކުގެ މައްޗަށް ވަނީ އަލިއަޅުވާލެއްވިއެވެ.

މިއީ ރާއްޖޭގެ ތިމާވެއްޓާއި ދިރޭތަކެތި ހިމާޔަތްކުރުމުގެ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު