Tuesday, October 13
މިނިސްޓަރު ޠާރިޤު އޭޑީބީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ.) ގެ ރީޖަނަލް ހެޑް، މިސްޓަރ ތިއާމް ހީ ންގް އަދި ސީނިއަރ އިކޮނޮމިސްޓް، މިސް އެލިސަބެތާ ޖެންޓިލްއާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮފީހުގައެވެ.

މި ބައްދަލުވުމުގައި، އޭ.ޑީ.ބީ.ގެ ހިލޭ އެހީގެ ދަށުން މިހާރު ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކަންދޭނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. ބޮޑަށް މަޝްވަރާކުރެވުނީ އާ ހަކަތަޔާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން މައުލޫމާތުދެއެވެ.


ޚާއްސަކޮށް، ރާއްޖެއަށް އާ ބާރުގެ ހަކަތަ (ރީނިއުވަބަލް އެނަރޖީ) ތަރައްޤީ ކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދެވުނި ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ. މި މަޝްވަރާތަކުން ދެފަރާތުގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓްރީންދެކެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު