Tuesday, October 13
އެމްއޭސީއެލް އިން އެއްލައްކަ ގަސް އިންދުމުގެ މަސައްކަތް ފަށައިފި

ސަރުކާރުން ފަށާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އެއް ލައްކަ ގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ފައްޓަވައިފިއެވެ.

މި ޕްރޮގްރާމު ރަސްމީކޮށް ފައްޓަވާފައިވަނީ އެކަމަށްޓަކައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު އައު ޓާމިނަލު ކައިރީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު އަދި އެކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމެނީގެ ފަށާފައިވާ ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ސަރުކާރުން ފަށާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އެކުންފުނިން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން އެމްއޭސީއެލްގެ ފަރާތުން 100،000 ގަސް އިންދާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު