Tuesday, October 13
އަލަށް ދެވުނު ލުއިތަކާއި އެކު ކެލާ ފަޅުގައި ރިސޯޓް ތަރައްގީ ކުރަން އަލުން އިއުލާންކުރަނީ

ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކުރަން ފުރުޞަތު ހުޅުވާލައި ކުރި އިއުލާން ބާތިލްކޮށް، ލުއިތަކެއްދީ އަލުން އެ މަޝްރޫއު ހުޅުވާލަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ވަނީ ކުރިން ކުރި އިއުލާން މިހާރު ބާތިލްކޮށްފައެވެ.

ތިލަދުންމަތީ އުތުރުބުރީ ކެލާގެ ފަޅުގައިދެޓޫރިސްޓް ރިޒޯޓު އަދި މާލެއަތޮޅު ކާށިދޫ ފަޅުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް، އިއުލާންކުރީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. އެ އިލާނުގެ މުއްދަތު ހަމަވެފައިވަނީ ޖޫން މަހުގެ ފަސްވަނަ ދުވަހުއެވެ.

 ހއ. ކެލާގެ ފަޅުތެރެއިން 156.2 ހެކްޓަރުގެ ސަރަހައްދަކާއި 169.3 ހެކްޓަރުގެ ސަރަހައްދެއް ބީލަމުގެ އުޞޫލުން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން އިއުލާންކުރިއެވެ.

ކެލާގައި ރިސޯޓެއް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު