Saturday, October 31
މުލަކާއި، ވޭވައް އަދި ދިއްގަރުގައި ފަސް މިލިއަން ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި

ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "ފަސް މިލިއަން ގަސް އިންދުމުގެ" މަޝްރޫޢުގެ ދަށުން، މ. އަތޮޅުގެ ތިން ރަށެއްގައި ގަސް އިންދުމުގެ ޙަރަކާތްތަކެއް މިވަނީ ކުރިއަށްގެންގޮސްފިއެވެ.

މި ޙަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ މ. މުލަކާއި، މ. ވޭވައް އަދި މ. ދިއްގަރުގައެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ޙަރަކާތްތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި، ޚާއްސަކޮށް، ޖަމުޢިއްޔާ ޖަމާޢަތްތަކުން މި މަޝްރޫޢަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނީ މި ޙަރަކާތްތަކުގައި ރާއްޖޭގެ މާހައުލަށް ރައްކާތެރި، ގުދުރަތީ ގިނަ އަދަދެއްގެ ގަސްގަހާގެހި އިންދާފައިވާ ކަމަށް މަޢުލޫމާތު ލިބޭ ކަމަށެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި އިތުރު ހިތްވަރެއް ދިނުމެވެ. ގަސް އިންދުމަކީ ރަށްތަކުގެ ރީތިކަން އިތުރުވެ، ހިތްފަސޭހަ ވެށި އެބަދަސްވުމުގެ އިތުރުން، ވައިގެ ފެންވަރު ރަނގަޅުކޮށް، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް އެހީތެރިވާ ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު