Tuesday, October 13
އައިކޯސްޓް ޕްރޮޖެކްޓް އިފްތިތާޙްކޮށްފި

އިންޓަގްރޭޓެޑް ކޮލެބޮރޭޓިވް އެޕްރޯޗެސް ފޮރ ސަސްޓެއިނަބަލް ޓުއަރިޒަމް ޕްރޮޖެކްޓް (އައި.ކޯސްޓް) ފްރޮޖެކްޓް ތައްޔާރުކުރުމުގެ މަރުހަލާ މިނިސްޓަރ ޠާރިޤު އިބްރާހީމް އިފްތިތާހުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން ވިދާޅުވީ މި ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތަކާއި ޕޮލިސީތައް ގާއިމުކުރުމަށާއި މާލީ އެހީތައް ލިބެންހުރި މިންވަރު ދެނެގަތުމަށާއި، ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަހުލުވެރިކޮށް އެކަމަށް ބާރުއެޅުމަށް ތައްޔާރުކުރެވޭ ޕްރޮޖެކްޓެއް ކަމަށެވެ.

އައި.ކޯސްޓް ޕްރެޖްކެޓަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓި (ޖެފް) ގެ ހިލޭއެހީގެ ދަށުން، މި މިނިސްޓްރީއާ ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޔުނިޑޯ) އާ ގުޅިގެން ތައްޔާރުކުރަމުންދާ ޕްރޮޖެކްޓެކެވެ.

މިއަދު ބޭއްވުނު އިންސެޕްޝަން ވޯކްޝޮޕްގައި ސަރުކާރުގެ އިދާރާތަކުންނާއި، ރިސޯޓްތަކުންނާއި، އިތުރު ސްޓޭކްހޯލްޑަރުންގެ 50 އަށް ވުރެ ގިނަ ފަރާތްތަކުންވަނީ ބައިވެރިވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު