Saturday, October 31
އެސްޖޭ ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަވަސް ކުރުމަށް މަޝްވަރާކުރައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެސްޖޭ ކޮންސްޓްރަކްޝަންގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި އެސް.ޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމަށް ކުރަން ޖެހޭ ކަންކަމާއި ގުޅޭ ގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ އެއް ކުރައްވާފައެވެ.

އަދި ވީ އެންމެ އަވަހަށް މި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ބާރު ދުވެލީގައި ކުރާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ މި ބައްދަލުކުރެއްވުމުގައި ދީފައެވެ.

އެސް.ޖޭ ކޮންސްޓްރަކްޝަނުން މިހާރު އަމާޒު ހިފާފައިވަނީ މިއަހަރުގެ ނިޔަލަށް މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރުމަށްކަމަށް އެ ކުންފުނިން ވަނީ މި ބައްދަލުކުރެއްވުމުގައި މަޢުލޫމާތު ދެއްވާފައެވެ.

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރަމުންދާ މި މިސްކިތުގައި އެއްފަހަރާ 1400 މީހުންނަށް ނަމާދު ކުރެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު