މާލެ ސިޓީގެ މަގުތަކަށް އުކާފައި ހުންނަ ކުނި ނަގައި އުކާލުމަށް އަހަރަކު 60 މިލިޔަން ރުފިޔާ ޚަރަދުވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ހިސާބުތަކުން ދައްކައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމެވެ.
މޭޔަރ ޢާޒިމް ވިދާޅުވި ގޮތުގައި މާލޭގެ މަގުތަކުން މިހާރުވެސް ދުވާލަކު 30 ޓަނުގެ ކުނި ނަގަމުން ދެއެވެ. އަދި މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ރީތި، ސާފު މާލެއެއް ހޯދައިދިނުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި، މާލޭގެ މަގުތަކަށް އެއްވެސް ފަރާތަކުން ކުނި ނޭޅުމަށް އިލްތިމާސް ކުރެއްވިއެވެ.
"މާލޭގެ މަގުތަކުގައި ހުންނަ ގަސްބުޑުތަކަށާއި އެކި ބޭނުންތަކުގައި މަގު ފާރުތަކުގައި ހަރުކޮށްފައި ހުންނަ ފޮށިތަކުގެ މަތީގައި ކުނި ބަހައްޓާފައި ހުންނަކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ. އެ ކަންކަން އެ ގޮތަށް ނުކުރުމަށް މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ކިބައިން ވަރަށް އާދޭހާއެކު އެދެން،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، މޭޔަރ ޢާޒިމް ވަނީ މަގުތަކަށް ކުނި އެޅުމުގެ ބަދަލުގައި ކުނި އަޅަން ހުންނަ ޑަސްބިންތަކަށް ކުނި އެޅުމަށް ހުރިހާ ރައްޔިތުން ވެސް އާދަކުރެއްވުމަށް އެދިވަޑައިގެންފައެވެ.
މި ލިޔުން ކިޔާލުމުން