ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރުންނަށް ދެވޭ އިނާޔަތްތައް އިތުރުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ. މި ހުށަހެޅުމުގައި، އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 500،000 ރުފިޔާ އާއި މަހަކު 70،000 ރުފިޔާ ދިނުމަށް އެދިފައިވެއެވެ.
ޖޭއެސްސީގެ ސިޓީގައިވާ ގޮތުން، މިހާރު އޮތް ގާނޫނުގެ ދަށުން އުއްތަމަ ފަނޑިޔާރު ރިޓަޔާކުރެއްވުމުން ގަނޑުކޮށް ލިބިވަޑައިގަންނަވާނީ 185،100 ރުފިޔާއެވެ. ނަމަވެސް، ޖޭއެސްސީން ހުށަހަޅާފައިވާ އިސްލާހުތަކާއެކު މި އަދަދު 493،600 ރުފިޔާއަށް އިތުރުވާނެއެވެ. އަދި މަހަކު ލިބިވަޑައިގަންނަވާ އިނާޔަތް 47،182.50 ރުފިޔާއިން 70،000 ރުފިޔާއަށް ބޮޑުކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން، ޖޭއެސްސީން ވަނީ އުއްތަމަ ފަނޑިޔާރަށް ލިވިން އެލަވަންސްއާއި ދަތުރުފަތުރުގެ އެލަވަންސްގެ ގޮތުގައި ޑްރައިވަރެއްގެ މުސާރައާއި ޕެޓްރޯލް ހަމަޖެއްސުމަށް ވެސް އެދިފައެވެ. އަދި ރިޓަޔާކުރައްވާއިރު ފަނޑިޔާރުކަން ކުރެއްވި މުއްދަތުގެ ބަދަލުގައި މުޅި ދައުލަތަށް ހިދުމަތްކުރެއްވި މުއްދަތު ގުނުމަށް ވެސް ހުށަހަޅާފައިވެއެވެ.
މި ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވަނީ ތާއީދު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ރިޓަޔަ ކުރައްވާ އުއްތަމަ ފަނޑިޔާރުން ޝަރަފުވެރިކަމާއެކު ގެންގުޅުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން