Wednesday, October 21
ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވި މައްސަލައެއްގައި ޒުވާނަކު ހޯދަނީ
ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ  މައްސަލައިގައި ޒުވާން އަންހެން ކުއްޖަކު ހޯދަން ފުލުގުން އިއުލާންކޮށްފިއެވެ. ފުލުހުން ބުނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރީ ކަމަށެވެ. ހޯދަން އިއުލާންކޮށްފައިވަނީ ހދ. މަކުނުދޫ / ލުބޯގަސްދޮށުގެ، ޢާއިޝަތު މަލީހާ އެވެ. އޭނާގެ އުމުރަކީ 22 އަހަރެވެ. އޭނާ ހާޒިރުވާން ޖެހެނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، 2025 ޖޫން 18 ވަނަ ދުވަހުގެ 10:00 އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު