Saturday, October 31
ޝައިޚުފަރީދު ވަކިވެދިއުމަކީ އިސްލާމީ ޚިދުމަތަށް ލިބިގެން ދިޔަ ދެރައެއް؛ ވަޒީރު ޝަހީމް

ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދު އަވަހާރަވުމަކީ އިސްލާމީ ޚިދުމަތަށް ލިބިގެން ދިޔަ ބޮޑު ދެރައެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުއްލިގޮތަކަށް މެލޭޝިޔާގައި ޝައިޚު ފަރީދު އަވަހާރަވުމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، މި ޚަބަރު އަޑުއެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ. އަދި ޝައިޚު ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވިފައިވާ އުސްތާޛެއް އަދި ޚިދުމަތްތެރި ޝަޚްޞިއްޔަތެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ޝައިޚު ފަރީދަކީ ވަރަށް ބޮޑު ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެއް. މާތްﷲ ޝައިޚަށް ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން. ވަކިވެގެން އެދިޔައީ ގާތް އަޚެކެވެ،" މިނިސްޓަރު ވިދާޅުވިއެވެ.

ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، ޝައިޚު ފަރީދު ނިޔާވީ މެލޭޝިޔާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެން ހުންނަވަނިކޮށެވެ. މެލޭޝިޔާގެ އެއަރޕޯޓަށް ފައިބާވަޑައިގަތުމަށްފަހު ކުއްލިއަކަށް ވެއްޓިވަޑައިގަތުމުން، ސީޕީއާރު ދެވުނު ނަމަވެސް، ކުޑައިރުކޮޅެއްގެ ތެރޭގައި އަވަހާރަވެފައިވާ ކަމަށް ވެއެވެ.

އަލްއަޒްހަރު ޔުނިވަރސިޓީން ތަޢުލީމު ޙާޞިލުކުރެއްވި ޝައިޚު ފަރީދަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެރިއެކެވެ. އެކި ރަށްރަށަށް ވަޑައިގެން ދީނީ ގިނަ ދަރުސްތައް ދެއްވުމުގެ އިތުރުން، ދީނީ މަޢުލޫމާތު ފެތުރުމަށް ޓަކައި "އަލްކައުނު" ޓީވީ ޗެނަލްގެ ޗެއަރމަންގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު