Saturday, October 31
ޑޮމެސްޓިކް ވައިލެންސް ޝެލްޓާގެ ނަމުގައި ތިން ޝެލްޓާއެއް ގާއިމު ކުރަން ނިންމައިފި

އަނިޔާ ލިބޭ އަންހެނުންނަށް "ޑޮމެސްޓިކް ވައިލެންސް ޝެލްޓަރ"ގެ ނަމުގައި އިތުރު ތިން ޝެލްޓަރ ތައްޔާރުކުރަމުންދާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު، ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، އަނިޔާ ލިބޭ އަންހެނުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރު ތިން ޝެލްޓަރ ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"މިހާރު ރާއްޖޭގައި ހުރީ އެންމެ ހިޔާއެއް. އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ނަމްބަރުތަކަށް ބަލާއިރު މުޖުތަމައަށް އެބަ ބޭނުންވާކަން މިކަހަލަ ތަންތަން," މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، އިސް ރަށްވެހިންނަށް ހާއްސަކޮށް މާލޭގައި އިސްވެރިންގެ ނާދީއެއް ހުރި ކަމަށާއި، ހުޅުމާލޭގައި ވެސް އެޗްޑީސީއާ ގުޅިގެން މިފަދަ ތަނެއް ގާއިމުކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއްގެ ގޮތުގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި މިފަދަ ނާދީތަކެއް އެޅުމަށް ރޭވިފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މުޖުތަމަޢު ބާރުވެރިކުރުމުގެ ގޮތުން "ހާލު ކިހިނެއް" އަދި "އިބަމް" ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށާއި، މި ޕްރޮގްރާމްތަކުގެ ދަށުން ރައްޔިތުންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެކި މުއައްސަސާި މުއައްސަސާތަކާއި އަމިއްލަ ޖަމްއިއްޔާތަކާ ގުޅިގެން މަސައްކަތްކުރެވޭ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

މި އިތުރު ޝެލްޓަރތައް ގާއިމުކުރުމުން، އަނިޔާ ލިބޭ އަންހެނުންނަށް އިތުރު ރައްކާތެރިކަމާއި އެހީތެރިކަން ލިބިަން ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު