Saturday, October 31
ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށް ވަޒީރުންގެ ޓީމެއް މިނާ ފޭލިގެއަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި މިވަގުތު މައްކާގައި ތިއްބެވި ވަޒީރުންގެ ޓީމުން މިނާ ޓެންޓަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ވަފުދު މިނާ ޓެންޓަށް ޒިޔާރަތް ކުރައްވާފައިވަނީ ރޭގައެވެ. މި ވަފުދުގައި ޑރ. ޝަހީމާއެކު ފޭލިގެއަށް ވަޑައިގަންނަވާފައިވަނީ ޚާރިޖީ ވަޒީރު ޑރ. އަބްދުالله ޚަލީލާއި މާލީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފެވެ.

މި ޒިޔާރަތުގައި ވަޒީރުން ވަނީ ޙައްޖުވެރިންނާއި ޙައްޖު ކޯޕަރޭޝަން އަދި މުޠައްވިފްގެ ބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ.

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ 1000 ޙައްޖުވެރިން، ޢަރަފާތާއި މުޛްދަލިފާގެ ރުކުން ފުރިހަމަ ކުރުމަށްފަހު ބޮޑު ޖަމްރާއަށް ހިލައުކާ އިޙްރާމް ކަނޑާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިވަގުތު ހުރިހާ ޙައްޖުވެރިންވެސް ތިބީ މިނާ ފޭލިގެތަކުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު