Saturday, October 31
ޢަރަފާތާއި މުޛްދަލިފާއަށްފަހު ދިވެހި ޙައްޖުވެރިން އެނބުރި މިނާއަށް
ޙައްޖުގެ އެންމެ މުހިންމު ރުކުންކަމުގައިވާ ޢަރަފާތުގައި މަޑުކުރުމަށްފަހު ރޭ މުޛްދަލިފާގައި ރޭކުރުމަށްފަހު ދިވެހި ހުރިހާ ޙައްޖުވެރިން އެނބުރި މިނާ ފޭލިގެތަކަށް މިއަދު ފަތިހުގެ ވަގުތެއްގައި ގޮސްފައިވާ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވަނީ ދިވެހި ޙައްޖުވެރިންނާ ގުޅޭ އެންމެ ފަހުގެ އަދާހަމަ އެކްސްގައި ހިއްސާކުރައްވައިފައެވެ. މިގޮތުން ވަޒީރު ވިދާޅުވީ ރާއްޖޭގެ އެންމެހައި ހައްޖުވެރިންގެ ޙާލު ރަނގަޅު ކަމަށާއި، ހައްޖުވެރިން މިހާރު ތިބީ މިނާގައި ކަމަށެވެ. "އެއްވެސް ހައްޖުވެރިޔަކު ގެއްލި ނުވަތަ މަގު އޮޅި މި ފަދަ ކަމެއް މެދުވެރި ވެފައި ނުވޭ އަލްޙަމްދު ލި ﷲ”، ވަޒީރު ވިދާޅުވެފައިވެއެވެ. ޙައްޖުވެރިން މިއަދު މައްކާ ގަޑިން ހެނދުނު 9:30 ޖަމްރާއަށް ހިލަ އުކަން ދިއުމަށް ހަމަޖެހިފައިވާކަމަށާއި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި މިނާގައި ރޭކުރާނެކަމަށް ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވައެވެ. މި އަހަރު ދިވެހިރާއްޖެއިން 1000 މީހުން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު