Saturday, October 31
ކަރެކްޝަންސް ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ނިޔާވި މައްސަލަ އެންއައިސީން ބަލަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ނިޔާވި މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފިއެވެ.

އެންއައިސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ގައިދީއަކަށް އެޕްރީލް 28 ވަނަ ދުވަހު ކުއްލި ހާލަތެއް މެދުވެރިވުމުގެ ސަބަބުން އައިޖީއެމްއެޗަށް ގެންގޮސް އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް، ޖޫން 4 ވަނަ ދުވަހުގެ ރޭ 11:45 ހާއިރު ނިޔާވެފައިވާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އެކަން ހިނގައިދިޔަ ގޮތް ދެނެގަތުމަށް އެ ކޮމިޝަނުގެ ކުއްލި ހާލަތުގައި އިޖާބަދޭ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުއްޓައި ނިޔާވެފައިވަނީ ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ޙަސްން (45އ) އެވެ.

މަސްތުވާތަކެތީ މައްސަލައެއްގައި 25 އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒުކުރަމުން ދިޔަ މޫސާ ޙަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ޙާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެކެވެ. މޫސާ ޙަސަން ނިޔާވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެންނެވެ.

ކަރެކްޝަންސް އިން ބުނީ މޫސާ ޙަސަން ނިޔާވުމާ ގުޅިގެން ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު