Friday, October 16
ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ ޑިޒައިން ހެދުމަށް ސޮއިކޮށްފި

ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފިއެވެ. ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ ހޮސްޕިޓަލެކެވެ. މިކަމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާއެވެ.މި ރަސްނިއްޔާތުގައިމިިނިސްޓަރ އޮފް ހެލްތު އަބުދުالله ނާޒިމް އިބްރާހީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް، ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުއެވެ. މިއެއްބަސްވުމުގެ ދަށުން ޗައިނާގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސް، ޞިއްޙީ ވުޒާރާއާއި އައިޖީއެމްއެޗްއާ ގުޅިގެންވަނީ މަސައްކަތް ކޮށްފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި މަޝްރޫޢު ނިމިގެންދާއިރުގައި ވިލިމާލޭ ރައްޔިތުންގެ އިތުރުން ، ބުރިޖުން ގުޅިގެންދާއިރުގައި ގުޅީފަޅުގައި މީހުން ދިރިއުޅެން ފެށުމާއެކު އަދި މާލެއާއި ގުޅިފައިވާތީ މާލެ ރައްޔިތުންނާވެސް އެއްކޮށް މި ގްރޭޓަރ މާލޭ އޭރިއާއިން ސިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. ޗައިނާ ސަރުކާރުގެ އެހީއާއެކު ވިލިމާލޭގައި ހޮސްޕިޓަލް ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގައެވެ.   ޗައިނާ ސަރުކާރުގެ އެހީއާއެކު ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓްޕޭޝަންޓް، އިމްޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެއެވެ.    

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު