Wednesday, October 21
ހަނިމާދޫގައި ހުރި ގިނަ އަދަދެއްގެ ބަނގުރާފުޅިތައް ނައްތާލައިފި
ހަނިމާދޫގައި ހުރި ގިނަ އަދަދެއްގެ ބަނގުރާފުޅިތައް ނައްތާލައިފިއެވެ. ފުލުހުން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލާފައިވާ ކަމަށެވެ.

މިމަހުގެ 15 ވަނަ ދުވަހު ނައްތާލާފައިވަނީ 215 ފުޅި ބަނގުރަލާއި 4 ދަޅު ބަނގުރަލެވެ. މި ތަކެއްޗަކީ 2024 ޑިސެންބަރު 14 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް ހަނިމާދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލާފަވާއިރު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައްވެސް ދާދި ފަހުން ވަނީ ނައްތާލާފައެވެ.

މީގެ ތެރޭގައި ހިމެނެނީ 24 މައްސަލައެއްގައި ހިމެނޭ 34 ފުޅި ބަނގުރަލާއި ބަނގުރާ ދަޅަކާއި 8 ހަން އަދި 5 ލީޓަރުގެ ތިން ފުޅި ހިމެނޭ ކަމަށް ފުލުހުން ވިދާލުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު