Saturday, October 31
ދަނޑުވެރި ނަފާ: އެންމެ ގިނައީ ޒަމާނީ ދަނޑުވެރިކަމަށް ނެގި ލޯނު

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) އާއި ގުޅިގެން ދޫކުރާ ދަނޑުވެރިނަފާ ލޯނުގެތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށް ކަމަށް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެސްޑީއެފްސީގެ ޕީޕީއަރު ޔުނިޓްގެ ޑެޕިއުޓީ މެނޭޖަރ އައިމިނަތު މުހާ ވިދާޅުވީ ދަނޑުވެރިނަފާ ލޯނަށް 2019 އިން ފެށިގެން ހުޅުވާލާފައިވާއިރު މިހާތަނަށް ލޯނު ނަގާފައިވާ ގިނަ ފަރާތްތަކުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށްކަމަށެވެ. އެގޮތުން މިހާތަނަށް އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނު ޖުމްލަ 18 ފާރާތަކުން ވަނީ ނަގާފައިވާ ކަމަށާއި  އެގޮތުން 1.4 މިލިއަން މިހާރު ދޫކުރެވިފައިވާ ކަމަށް އެސްޑީއެފްސީ އާއި ހަވާލާދީ ދަނޑުވެރިކަމާއި ގުޅޭ ވުޒާރާއިން ހާމަކުރެއެވެ. އަދި 2 މިލިޔަނާއި ހަމައަށް 23 ފަރާތަކުން ނަގާފައިވާއިރު އެފަރާތަކަށް 14.5 މިލިއަން ވަނީ ދޫކޮށްފައިވާކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންމެ ގިނަ މީހުން 2 މިލިއަނާއި ހަމައަށް ލޯނުނަގާފައިވާއިރު ފާހަގަކުރެވެނީ ޒަމާނީ ދަނޑުވެރިކަމަށް ލޯނު ނަގާފައިވާކަމެވެ. އެގޮތުން ވާރޓިކަލް ފާރމިންގ، އަދި ގުރީން ހައުސް ފާރމިން. އަށް ގިނަ ފަރާތްތަކުން ލޯނު ނަގާފައިވާކަން ފާހަގަވޭ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެސްޑިއެފްސީ އިން ބުނީ ޒަމާނީ ދަނދުވެރިކަމަށް ދަނޑުވެރިންގެ ފޯކަސް ހުރިނަމަވެސް ޕޮއެލްޓްރީ ފަރމިންގ ނުވަތަ ކުކުޅު ފާމިންގ ފަދަ ކަންކަމަށް ސަމާލުކަން ދޭ މިންވަރު ކުޑަކަމަށެވެ.

ދަނޑުވެރިނަފާ ލޯނުގައި 2ކެޓެގްރީއެއް ވަނީ ހިމަނާފައެވެ. އެއީ އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނަކާއި އެއްލައްކައިން ފެށިގެން 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށްވެސް އަހަރަކު ނަގާނީ 6 އިންސައްތައިގެ އިންޓަރެސްޓެވެ. އެހެން ނަމަވެސް އެއްލައްކަ ރުފިޔާއާއި ހަމައަށް ނެގޭ ލޯނު ދެއްކުމަށް އެންމެ ދިގު މުއްދަތަކަށް ކަނޑައަޅާފައިވަނީ 3 އަހަރެވެ. އަދި 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ ގިނަވެގެން 7 އަހަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު