Monday, November 2
ރާއްޖޭގެ ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން: ނަޝީދު
ރާއްޖޭގެ ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށާއި، ވަކި ވެރިއެއްގެ މައްސަލައެއް ނޫން ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ ޕާލަމަންޓަރީ ނިޒާމާއި ޕްރިފަރެންޝަލް (ގިނަ ވޯޓު ދެވޭ) ވޯޓިންގ އަށް ބަދަލުވެއްޖެނަމަ، އެތައް ކަމެއް އިޞްލާޙުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ވެސް ބަރުލަމާނީ ނިޒާމެއް ގެންނެވުމަށް މަސައްކަތް ކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު