Wednesday, October 21
ޑްރަގާއެކު ދަރަވަންދޫން މީހަކު ހައްޔަރުކޮށްފި

ބ. ދަރަވަންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ފުރާތު، އަހްމަދު އަރީފް (33އ) ކަމަށެވެ.

މިގޮތުން މިއަދު ހިންގި މި އޮޕަރޭޝަނުގައި، ދަރަވަންދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދަރަވަންދޫ ޕޮލިހުން ގެންދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު