Monday, November 2
އެސްޑީއެފްސީގެ ބޯޑުންވެސް ޝާމީ ވަކިކޮށްފި
އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ބޯޑުން މުޙައްމަދު ޝާމީ އާދަމް ވަކިކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިގޮތުން ޕީސީބީން ބުނީ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމުން، މ. އެމޭޒަން އަލްފާޟިލް މުޙައްމަދު ޝާމީ އާދަމް، 27 އެޕްރީލް 2025 ވީ އާދިއްތަ ދުވަހު ވަކިކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ޕީސީބީން ވަނީ ޝާމީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) ގެ ޗެއަރޕަރސަންގެ މަޤާމުންވެސް ވަކިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު