Monday, October 12
މޯލްޑިވިއަނުން އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދަން އަނެއްކާވެސް އިޢުލާންކޮށްފި

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް - ފޮޓޯ: ނިޝާން ޢަލީ / މިހާރު

މޯލްޑިވިއަންގެ ފްލީޓަށް އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް އިތުރުކުރުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އެއާބަސް އޭ330-200 މަރުކައިގެ މަތިންދާބޯޓެއް ހޯދުމަށް އަނެއްކާވެސް އިޢުލާންކޮށްފިއެވެ.

މިގޮތުން އެ ކުންފުނިން ރޭ ކުރި އިޢުލާނުގައި ވަނީ އޮޕަރޭޓިންގ ލީސް ބޭސިސް އަށް ފަސް އަހަރުގެ މުއްދަތަށް އެއް އެއާބަސް އޭ330-200 މަރުކައިގެ އެއާކްރާފްޓެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އިއުލާނާއެކު އާންމުކޮށްފައިވާ ރިކުއެސްޓް ފޮރ ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ގޮތުން މި އެއާކްރާފްޓް މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި ފޯރުކޮށްދޭންވާނެއެވެ. އަދި މި އެއާކްރާފްޓުގައި އިކޮނޮމީ ކްލާހާއި ބިޒްނަސް ކުލާހުގެ ސީޓުތައް ހުންނަންޖެހޭނެ ކަމަށާއި، އޭގެ ތެރޭގައި މަދުވެގެން 20 ބިޒްނަސް ކުލާސް ސީޓު ހުންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި އިޢުލާނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 26 އެޕްރީލް 2025 ގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު