Saturday, October 31
ދަނޑުވެރިކަން ކުރިއެރުވުމަށް ކެނެޑާގެ އެހީތެރިކަން ހޯދަން މަޝްވަރާކޮށްފި
ދަނޑުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމުގައި ކެނެޑާގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ކެނެޑާގެ ހައިކޮމިޝަނަރ އެރިކް ވޮލްޝްއާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި ބޮޑަށް މަޝްވަރާކުރެވުނީ  ދަނޑުވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓްގެ ފުރުސަތުތައް ހޯދުމާއި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި  ދަނޑުވެރިކަން ކުރިއެރުވުމާއި، އެކަމަށް އެއްބާރުލުންދީ ހަރުދަނާގޮތެއްގައި އެ މަސައްކަތް ކުރުމަށް އެގީތެރިކަން ހޯދުމުގެ ގޮތުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މި ބައްދަލު ކުރެއްވުމުގައި ވަޒީރު މާރިޔާ ވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް މިހާރު ދިމާވަމުންދާ ދަތިތަކާއި، ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ހުރި ދަތިތަކާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ގެންދިއުމުގައި ހުރި ދަތިތައް ހިއްސާކުރައްވާފައެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު