Saturday, October 31
އުތުރުގެ ތިން އަތޮޅުގެ ދަނޑުވެރިންނަށް ވިޔަފާރި މެނޭޖްމަންޓް ތަމްރީން ދީފި

މޯލްޑިވްސް އެގްރި ބިޒްނަސް (މެޕް) އިން، ސަރވިސް ޕްރޮވައިޑަރެއް ކަމުގައިވާ އެމް.އައި.ޓީ އާއި ގުޅިގެން އުތުރުގެ ތިން އަތޮޅުގެ ދަނޑުވެރިންނަށް ވިޔަފާރި މެނޭޖްމަންޓް ތަމްރީން ފޯރުކޮށްދީފިއެވެ.

އެ ތިން އަތޮޅަކީ ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅެވެ. މިތިން އަތޮޅުން 20 ރަށެއްގެ ދަނޑުވެރިންނާއި  އާންމުންނަށް މި ތަމްރީން ހިންގި ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީން މައުލޫމާުދެއެވެ.

މެޕްއިން އަންނަނީ ދަނޑުވެރިންނަށް ޓެކްނިކަލް ތަމްރީނާއި، އަސާސީ ދަނޑުވެރިކަމުގެ ތަމްރީނު ދިނުމުގެ އިތުރުން ޓެކްނިކަލް މުވައްޒަފުން މެދުވެރިކޮށް އެކްސްޓެންޝަން ޚިދުމަތްތައްވެސް ފޯރުކޮށްދެމުންންނެވެ.

މި ގޮތުން ޓެކްނިކަލް ތަމްރީނު ދެވެމުންދާއިރު، ރަށްރަށުގެ ދަނޑުވެރިންގެ ފޯރަމްތަކާއި އެހެނިހެން ދަނޑުވެރިންނަށް އިތުރަށް ކުރިއަރައި ތަރައްޤީވުމަށް ބޭނުންވާ ވިޔަފާރިއާއި މާލީ ހޭލުންތެރިކަން މަދުވެއެވެ. އެހެންކަމުން މެޕް ގެ މި ތަމްރިން ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިން އެމީހުންގެ ވިޔަފާރިތައް ތަރައްޤީކުރުމުގައި ޤާބިލުކަން އިތުރުކުރުމަށާއި ވިޔަފާރީގެ ހުނަރުތައް ދަސްކޮށްދިނުމަށް ތަމްރީނު ދިނުމެވެ. އަދި ވިޔަފާރީގެ ޚިޔާލުތައް ހުރި ދަނޑުވެރިންނަށް ވިޔަފާރި ފެށުމާއި ތަރައްޤީކުރުމާ ބެހޭ މަޢުލޫމާތާއި ހުނަރު އުނގަންނައިދީ، ކާމިޔާބު ވިޔަފާރި ހަރަކާތްތައް އުފެއްދުމަށާއި، ފުޅާކުރުމަށާއި އަދި ހިންގުމަށް އެހީތެރިވެދިނުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ވިޔަފާރި މެނޭޖްމަންޓް ތަމްރީނުން ދަނޑުވެރިންނަށް މާލީ ބަޔާންތައް ތައްޔާރުކުރުމާއި، ވިއްކުމާއި މާކެޓިންގ ސްޓްރެޓެޖީތައް އެކުލަވާލުމާއި، އަދި ވިޔަފާރިއާއި ވިޔަފާރި ފެށުމުގެ ހުނަރުތައް ދަސްކޮށްދޭނެއެވެ. މިކަމުގެ ސަބަބުން ދަނޑުވެރިންނާއި ރަށު ދަނޑުވެރިންގެ ފޯރަމްތަކުގެ ތަރައްޤީއާއި ކުރިއެރުމަށް އެދެވޭ އަސަރެއް ކުރާނެކަމަށް ލަފާކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު