Wednesday, October 21
ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިވެހި އެންމެހައި ފުލުހުންނަށާއި، އެފަރާތްތަކުގެ ޢާއިލާތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ދެންނެވީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ޤައުމީ ޚިދުމަތުގައި، ރެޔާދުވާލު، ދިވެހި ފުލުހުން ޒިންމާދާރުކަމާއިއެކު ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވާކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ، ދިވެހި އެންމެހައި ފުލުހުންނަށާއި އެފަރާތްތަކުގެ ޢާއިލާތަކަށް ދަންނަވާފައިވެއެވެ.

ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު