Saturday, October 31
ބިންހެލުމުގައި ދިވެއްސަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ނުލިބޭ: އެމްބަސީ

މިޔަންމާއަށް މިއަދު އައި ބާރުގަދަ ބިން ހެލުމުގެ ލޮޅުންތަކުގެ އަސަރު ތައިލެންޑުގެ ވެރިރަށް ބެންގކޮކަށް ކުރި ނަމަވެސް މިހާތަނަށް އެއްވެސް ދިވެއްސަކަށް ނުރައްކާވެގެން އެކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ތައިލޭންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީން ހާމަކޮށްފިއެވެ.

ތައިލެންޑް އެމްބަސީން ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދިންގޮތުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާވެގެން ރިޕޯޓުކޮށްފައިނުވެއެވެ. އަދި، އެމްބަސީން ވެސް އެ ގައުމުގައި އުޅޭ ހުރިހާ ދިވެހީންނާ ގުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ތައިލޭންޑަކީ ގިނަ އަދަދަކަށް ދިވެހިން ގޮސްއުޅޭ ޤައުމެކެވެ. އަދި ދިވެހިން ދިރިއުޅޭ ޤައުމެއްވެސް މެއެވެ.

އެމްބަސީން ވަނީ އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުވަތަ ތަކުލީފެއް ލިބިފައިނުވާކަން އެމަބްސީން ކަށަވަރުކުރާނެ ކަމަށެވެ.

މިޔަންމާއަށް މިއަދު ފުލުފުލުގައި ގިނަ ބިންހެލުންތަކެއް އައިސްފައިވާ ކަމަށް ބިންހެލުންތައް ދިރާސާ ކުރަމުން އަންނަ އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސިސްމޮލޮޖީ (އެންސީއެސް) ވަނީ ބުނެފައެވެ. އެގޮތުން އެންމެ ފުރަތަމަ ރެކްޓަރ މިންގަނޑުން 7.2 މެގްނިޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާއިރު، 7.0 މެގްނިޓިއުޑް ބާރުމިނުގައި ބިންހެލުމަކާއި 5.0 އާއި 4.9 މެންނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައިސްފައިވާ ކަމަށް އެންސީއެސްއިން ވަނީ ބުނެފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު