Monday, October 12
މޯލްޑިވިއަން އޭ320 ގެ ދަތުރުތައް އައްޑޫ އަށް ޝެޑިއުލްކޮށްފި

މޯލްޑިވިއަންގެ ފްލައިޓެއް: ފޮޓޯ- ޝުޖާން

މޯލްޑިވިއަން ފްލީޓުގެ އޭ320 ގެ ދަތުރުތައް އޭޕްރީލް މަހު އައްޑޫ ސިޓީއަށް ފަށަން އެކުންފުނިން ނިންމައިފިއެވެ.

މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓުގައި ބުނީ، އައްޑޫއަށް ދަތުރުތައް ފަށާނީ އޭޕްރީލް 10 ވަނަ ދުވަހު ކަމަށެވެ.

މާލެއާއި އައްޑޫއާ ދޭތެރޭ ހަފްތާއަކު ދެ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއަކުވެސް ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މޯލްޑިވިއަނުން ވަނީ މީގެކުރިން ވެސް އޭ320 ގެ ދަތުރުތައް އައްޑޫއަށް ކޮށްފައެވެ. އަލުން ދަތުރުތައް ފަށަން ނިންމީ ޝެޑިއުލްޑް މެއިންޓެނެންސަށް ދަތުރުތައް މެދުކަނޑާލުމަށް ފަހުއެވެ.

ދަތުރުތަކަށް އޮތް ޑިމާންޑަށް ބަލައި ކުރިއަށް އޮތި ފިތުރު އީދު ބަންދާ ބަންދުގައި ވެސް މޯލްޑިވިއަނުން ވަނީ ދަތުރުތައް އިތުރުކޮށްފައެވެ. އެގޮތުން މާރިޗު 29 އިން އޭޕްރީލް 5 ވަނަ ދުވަހާ ހަމައަށް، އާއްމުކޮށް ކުރާ ދަތުރުތަކުގެ އިތުރުން، 30 ދަތުރު ކުރުމަށް މޯލްޑިވިއަނުން ވަނީ ނިންމައިފައެވެ. އޭގެތެރެއިން 8 ދަތުރު ކުރާނީ އައްޑޫ ސިޓީ އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު