Monday, October 12

ޢީދު ބަންދާއި ދިމާކޮށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން އިތުރު ދަތުރުތަކެއް ކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން 11 ރަށަކަށް އިތުރު 30 ދަތުރު ކުރަނީ އެކި ރަށްރަށަށް އަންނަ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ފުވައްމުލަކު ސިޓީއަށް އިތުރު ފަސް ދަތުރު ހަމަޖެހިފައިވާއިރު، މިހާރުވެސް ދުވާލަކު ތިން ދަތުރު ކުރަމުންދާ އައްޑޫ ސިޓީ ގަމަށްވެސް އިތުރު ދަތުރުތަކެއް ކުރިއަށްދާނެއެވެ.

މީގެ އިތުރުން ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ލ. ކައްދޫ، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާއަށްވެސް އިތުރު ދަތުރުތަކެއް ކުރިއަށްދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އަދި ޢީދާ ދިމާކޮށް، މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް ބ. ފުޅަދޫއަށް މާރިޗު 31 ވަނަ ދުވަހުން ފެށިގެން ފެށުމަށްވެސް ވަނީ ނިންމާފައެވެ.

މޯލްޑިވިއަންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި އިތުރުކުރެވުނު ދަތުރުތަކާއެކު ޢީދާއި ދިމާކޮށް އިތުރުވަމުންދާ ޑިމާންޑަށް ފުރިހަމައަށް ޚިދުމަތް ދެވިގެންދާނެއެވެ. މިހާރު އެ އެއަރލައިންގެ ފްލީޓުގައި 25 ބޯޓު ހިމެނޭއިރު، އޭގެ ތެރޭގައި އޭޓީއާރު، ޑޭޝް8، އޭ320 ނެރޯބޮޑީގެ އިތުރުން ސީޕްލޭން ބޯޓުތައް އެތެރޭގެ އުދުހުންތަކަށް ބޭނުންކުރަމުންދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު