އާދިއްތަ, October 18
އިމިގްރޭޝަން ކޮންޓްރޯލަރ ގެ މަގާމަށް ކުރީގެ ސީޕީ ފަސީހު
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ރޭ އައްޔަން ކުރައްވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، ރަސްމީ އެކްސް އެކައުންޓުން ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފަސީހު އެ މަގާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރ ފެންވަރުގައި ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ފަސީހު އައްޔަން ކުރެއްވީ، ނޮވެމްބަރު 19، 2023 އިން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު ޝަމްއާން ވަހީދު ކުއްލި ގޮތަކަށް އިއްޔެ ވަކިކުރެއްވުމަށް ފަހު އެވެ.

ޝަމްއާން މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން އަދި ހާމަނުކުރެއެވެ.

ނަމަވެސް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން "މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން" ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ތަހުގީގު ފަށާފައިވާ ކަަމަށެވެ.

ފުލުހުންގެ ހިދުމަތުގައި 23 އަހަރު ހޭދަކުރެއްވުމަށް ފަހު، ފަސީހު ރިޓަޔާ ކުރެއްވީ 2012 އިގަ އެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު