Tuesday, October 13
ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އިމާދު އިސްތިއުފާ ދެއްވައިފި

ޑެޕިއުޓީ ގަވަރނަރ އަހްމަދު އިމާދު: ފޮޓޯ- އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ،  އެމްއެމްއޭ ގެ ޑެޕިއުޓީ ގަވަރނަރ އަހުމަދު އިމާދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އިމާދު އިސްތިއުފާ ދެއްވާފައި މިވަނީ، ޑެޕިއުޓީ ގަވަރމަނރުގެ މަޤާމުން އޭނާ ވަކި ކުރެއްވުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މައްސަލައެއް ހުށަހަޅުއްވާފައި ވަނިކޮށެވެ.

އެމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުލަތީފު މުހައްމަދުއެވެ.  އެ މައްސަލައިގައި ވަނީ އޭނާ މަގާމުން ވަކި ކުރަން ހުށަހަޅާފައިވަނީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކުރައްވައި ހުންނެވިއިރު، އެކަންކަން ފާހަގަ ކުރުމަށްޓަކައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ޑެޕިއުޓީ ގަވަރުނަރު އިމާދު މަސައްކަތް ކުރެއްވިކަން އެނގެން ނެތް ކަމަށް ބުނެ އެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އިމާދުގެ އިސްތިއުފާގެ ބަޔާނުގައިވަނީ އެމްއެމްއޭއިން ނިންމާފައިވާ ބައެއް ނިންމުންތަކަކީ  މުއައްސަސާގެ އަސާސީ މަޤްސަދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނިންމައިފައިވާ ނިންމުންތަކެއް ކަމަށް އޭނާ ޤަބޫލުނުކުރައްވާ ކަމަށެވެ.

އިމާދު ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރު އެވެ. އެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކި ކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު