Saturday, October 31
މަގޫދޫ އާއި ދަރަނބޫދޫގައި ލައިސަންސް ޓްރެކް ހުޅުވަނީ

ފ. އަތޮޅުގެ މަގޫދޫ އަދި ދަރަނބޫދޫގައި އައު ލައިސަންސް ޓްރެކެއް ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ ޓްރެކް ހުޅުވުމުގެ ކުރިން ތަމްރީން ޕުރޮގުރާމެއް ހިންގުމަށް އެ ވުޒާރާގެ ޓީމެއް އެ ރަށްރަށަށް ގޮސްފައިވާ ކަމަށާއި، މި ތަމްރީނުގެ މަޤުޞަދަކީ ލައިސަންސް ޓްރެކް ހިންގުމަށް ބޭނުންވާ ތަމްރީނުތައް ކައުންސިލަށް ދިނުން ކަމަށެވެ.

އެ ވުޒާރާއިން ބުނީ މި ހުޅުވޭ ޓްރެކާއެކު، އެ ދެ ރަށުގެ ރައްޔިތުންނަށް "އޭ" ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް (ލައިސަންސް ކާޑު) ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި އައު ޓްރެކް ހުޅުވުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމަށްޓަކައި ކައިރި އެހެން ރަށްރަށް އަދި މާލެ އައުމުގެ ބުރަ ލުއިވެގެންދާނެ ކަމަށާއި، މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމުގައި އެ ވުޒާރާއިން ބުންޏެވެ.

މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި މ. ކޮޅުފުށީގައި ވެސް ވަނީ ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވައިފައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޓްރެކްތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ޑްރައިވިންގ ލައިސަންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު