Saturday, October 31
ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.

އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުންނާއިއެކު މިއަދު ރާއްޖެ ވަޑައިގަތީ ފެބުރުވަރީ 10 އިން 14 އަށް، އިންޑިއާގެ ލޯކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާގެ ދަޢުވަތަކަށް ދިޔަ ދަތުރު ނިންމަވާލެއްވުމަށްފަހުގައެވެ.

މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަތް ފަހުން ޢަބްދުއްރަޙީމް އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ މި ދަތުރުފުޅަކީ ނެއިބަހުޑް ފަސްޓް ސިޔާސަތުގެ ދަށުން އިންޑިއާއިން އެ ޤައުމުގެ އަވަށްޓެރި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކާއެކު ގުޅުން ބަދަހިކުރުމަށް ގަވާއިދުން ބާއްވާ މިފަދަ ބައްދަލުވުމުގެ ތެރެއިން އިންތިޒާމް ކުރެވުނު ދަތުރުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު